އެމްޓީޑީސީ އޮފީސް އިމާރާތް ހުޅުވައިފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވީ އޮފީސް އިމާރަތް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދެވެ. ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް 6،195.27 އަކަފޫޓުގެ ބިމެއްގައި ޖުމްލަ 3345 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކ…