ށ. ފީވަކުގައި މިހާރު ބޭނުންކުރާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢަލީ ފާރިސް ޔޫސުފް އެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ އާއިޝަތު މުޒްނާ އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 3,822,120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.
ނަރުދަމާގެ މަސައްކަތުގެ އިތުރުންވެސް އުމްރާނީ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން މިވަގުތުވެސް ވީވަކުގައި ކުރިއަށްގެންދެއެވެ.
ފީވަކު ނަރުދަމާ ނިޒާމު މަރާމާތުކުރުން ސްޓެލްކޯއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed