ޗާލު ދިވެހިރާއްޖެ އެވޯޑް 2026 ގެ އާންމުންގެ ވޯޓުލުން މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެކަމަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން ވިދާޅުވެއްޖެއެވެ. އާންމުންގެ ވޯޓަށް ހުޅުވާލީ މިދިޔަ މަހުގެ 15ގައެވެ.
'ޗާލު ދިވެހިރާއްޖެ އެވޯޑް' އަކީ މުޖުތަމައު ތަރައްގީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި، އަދި އީޖާދީ މަސައްކަތްތަކުން ފާހަގަކޮށްލެވޭ ދިވެހިރާއްޖޭގެ ރަށްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މި އެވޯޑުގެ މަގުސަދަކީ ރަށްރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ވަރުގަދަކުރުމަށް އަދި ރަނގަޅު މުސްތަގުބަލަކަށްޓަކައި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ހިތްވަރުދިނުމެވެ.
މި އެވޯޑުގެ ދެވަނަ ބުރުގެ ދަށުން، ކޮންމެ ކެޓަގަރީއަކުން ހޮވުނު ގަދަ 5 ރަށުގެ އިވެލުއޭޝަން ވަނީ ފުރިހަމަކޮށްފައެވެ. ފަނޑިޔާރުންގެ ޕެނަލުން ކޮންމެ ރަށަކަށް ޒިޔާރަތްކޮށް، ކޮންމެ ކެޓަގަރީއެއްގެ ކްރައިޓީރިއާގެ މައްޗަށް ބިނާކޮށް ރަށްތައް ވަނީ ބަލައި މާކްސްދީފައެވެ. މި އޮން-ސައިޓް އިވެލުއޭޝަންތައް ނިމުމާ ގުޅިގެން، ވޯޓުލުމުގެ ދެވަނަ ބުރު މެދުވެރިކޮށް އެވޯޑު ލިބޭ ފަރާތްތައް ހޮވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކޮންމެ ކެޓަގަރީއަކުން ހޮވުނު ގަދަ 5 ރަށް:
އެންމެ ހިތްގައިމު ރަށު މަންޒިލް
ކަނޑުޖެޓީ, ރ. ރަސްގެތީމު
ނައިވާދޫ ހޮހޮޅަ އަންޑަވޯޓާ ކޭވް، ހދ. ނައިވާދޫ
މަތިވެރި ފިނޮޅު، އއ. މަތިވެރި
ހިތަދޫ ކުޅި، ލ. ހިތަދޫ
ހަނދު ދަނގެތި، އދ. ދަނގެތި
ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
އއ. އުކުޅަސް
އއ. މަތިވެރި
ބ. ކުޑަރިކިލު
އދ. ދިގުރަށް
އދ. ދަނގެތި
ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
އއ. މަތިވެރި
ބ. ކުޑަރިކިލު
ދ. ރިނބުދޫ
އއ. އުކުޅަސް
ވ. ކެޔޮދޫ
ދެމެހެއްޓެނިވި ތަރައްޤީގާ އެންމެ އީޖާދީ ވިސްނުން ގެންގުޅޭ ރަށް
އއ. އުކުޅަސް
ބ. ކުޑަރިކިލު
އދ. ދަނގެތި
އއ. މަތިވެރި
ފުވައްމުލަކު ސިޓީ
އެންމެ އެކުވެރި މުޖުތަމައު
ހދ. ނާވައިދޫ
ބ. ކުޑަރިކިލު
އއ. އުކުޅަސް
އއ. މަތިވެރި
ވ. ކެޔޮދޫ
އެންމެ ހިތްގައިމު ގޮނޑުދޮށް
ގުރައިދޫ ބީޗް، ކ. ގުރައިދޫ
ހިންނަވަރު ރީތި ބީޗް، ޅ. ހިންނަވަރު
އުކުޅަސް ނެޗުރަލް ބީޗް، އއ. އުކުޅަސް
މަތިވެރި ބީޗް، އއ. މަތިވެރި
މަންދޫ ތުނޑި، އދ. މަންދޫ
ވޯޓުލާނެ ގޮތް
އާންމުންގެ ވޯޓުލުން ކުރިއަށްދާނީ ޕީ.އެސް.އެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. މިއީ އެވޯޑުގެ އެކި ކެޓަގަރީތަކުން އާންމުންނަށް ކަމުދާ ރަށްތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ލިބިގެންދާ ފުރުސަތެކެވެ.
ރަސްމީކޮށް ވޯޓުލުން އޮކްޓޫބަރު 15، ގައި ފެށިފައިވާއިރު ވޯޓުލުން މިމަހުގެ 15، ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދެވަނަ ބުރުގެ އެންމެ ފަހުގެ ނަތީޖާ ކަނޑައަޅާނީ ފަނޑިޔާރުންގެ މާކްސްއާއި އާންމުންގެ ވޯޓުގެ ނަތީޖާ އެކުލަވާލައިގެންނެވެ. އެއީ ފަނޑިޔާރުންގެ އިވެލުއޭޝަނަށް 60 އިންސައްތަ އަދި އާންމުންގެ ވޯޓަށް 40 އިންސައްތަ ދިނުމުގެ އުސޫލުންނެވެ.