ރެއާލް މޮޅުވެ ފަރަގު ކުޑަކޮށްފި
ސްޕެނިޝް ލަލީގާގައި ރޭ ސެންޓަންޑަރ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. ސެންޓެންޑަރގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. މި މެޗުގެ 11 ވަނަ މިނިޓުގައި ރެއާލް މެޑްރިޑުން ލީޑު ނަގާފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ކިލިއަން އެމްބާޕޭއަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކޮށްދިން …