މިއަދަކީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ފަހު ދުވަސްކަމަށް ވާއިރު، މަޢުރަޒުގައި ކުރިއަށްގެންދިޔަ އެކި މުބާރާތްތަކުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުން ކުރިއަށްގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދު ހަވީރުވެސް 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރަށް މަޢުރަޒުގައި ކުރިއަށްގެންދިޔަ އެކި މުބާރާތްތަކުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ބޮޑުބެރު މުބާރާތާއި، ސަޤާފީ ވާދައިގެ އިތުރުން މައުރަޒުގެ ތެރެއިން ކުރިއަށްގެންދިޔަ ކުޅިވަރުގެ ހަރަކާތްތައްވެސް ހިމެނެއެވެ.

ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މައުރަޒުގެ ފަހު ދުވަހުވެސް ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ޝައުގުވެރި އެތައް ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދިވެހިންގެ ސަގާފަތާއި ތާރީޚާ ގުޅުންހުރި ބޮޑުބެރާއި ނެށުމުގެ ފޯރިގަދަ ހަރަކާތްތަކާއި، އާއިލާތަކާއި ކުޑަކުދިން ގަޔާވާނެ ފަދަ ކުޑަކުދިންގެ ހަވީރުތައް ހިމެނެއެވެ. މިފަދަ ހަރަކާތްތަކާއެކު މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ދަނީ ލިބެމުންނެވެ.

މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ
މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް ނިއުސް

މިދިޔަ މަހުގެ 25ވަނަ ދުވަހު ފެށުނު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންވެސް ދަނީ ޒިޔާރަތްކުރަމުންނެވެ. އަދި މައުރަޒު ކުރިއަށްދާ ސަރަޙައްދަށް ގިނަ އަދަދެއްގެ އާއިލާތަކާއި ޒުވާނުން ޖަމާވެ، އެކި ސްޓޯލްތަކުގައި ހުރި ދިވެހި އުފެއްދުންތައް ބަލައިލުމުގެ އިތުރުން ތަފާތު ހަރަކާތްތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވެއެވެ.

މިއާއެކު، މިހާތަނަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 205،000އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް 41،000އެއްހާ މީހުން ކަމަށް ބީސީސީން ވިދާޅުވިއެވެ. އެހެންކަމުން މިއީ ވިޔަފާރިތަކަށް ފަތުރުރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތްތައް މާކެޓްކުރުމަށާއި، އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބީސީސީން ފާހަގަކުރެއެެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ.

މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ
މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ
މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ
މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ