Live 13,985 stories Updated Nov 2, 2026
Showing: PSM
Browse topics PSM

PSM

Live feed

"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"

އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ލިބޭ ފެންވަރުގެ ޚިދުމަތެއް ޤައުމީ އެއާލައިނުގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙުމަދު ޝަފީޢު ވިދާޅުވެއްޖެއެވެ. ޝަފީޢު މިހެން ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް ކިންގ އެއާރ 360 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީ ކު…

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުުރައްކާ މިންވަރަށް ވައި ނުސާފު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ތެރޭގައި ޕީއެމް 2.5 ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އަހަރީ ގައިޑްލައިން އަށްވުރެ އިތުރު މިންވަރެކެވެ. އަދި މިއީ އާންމު ސިއްހަތަށް ނުރައްކާ…

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދު

ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަން ނިންމައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ، ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި، އެ ސަރަހައްދުގެ ކަނޑުގެ ސަރަޙައްދު ބަންދުވާނެ ކަމަށެވެ. އެ ހަރަކާތްތަކަށް މާދަމާ ފަތިހުން ފެށިގެން ރެއާ ހަމައަށް އެ ސަރަހައްދު ބަންދުވާނެއެވެ. ބަންދުކުރާ ސަރަހައްދުތައް - ޖަމާއަތުގ…

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ހަފުތާއެއްގެ ތެރޭގައި ދެވަނަ ތޫފާން

"މަރަސޫ"ގެ ނަމުން ނަން ދީފައިވާ ބާރުގަދަ ތޫފާނު މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުން ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިޔާވަހިކަމަށް ގެންގޮސްފައިވާއިރު، ތޫފާނުގެ ނުރައްކާ އޮތް ސަރަހައްދުތަކުން އިތުރު 30،000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ހަލުއިކަމާއެކު ކުރެ…

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 1958 ކޮންޓެއިނަރ ކްލިއާކުރި

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1958 ކޮންޓެއިނަރ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ، އަސާސީ ކާބޯތަކެތި ކަމަށްވާ ބިހާއި ފިޔަލެވެ. މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން 1472 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 486 އާންމު މުދާ އުފުލާ ބޯޓުފ…

ޔަހޫދީންގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 3 މީހުން ޝަހީދުވެއްޖެ

ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް މިއަދު ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން ތިން މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނީ، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް ދިން ދެ ހަމަލާއެއްގައި ދެ މީހުން ޝަހީދުވެފައިވާއިރު، އަލް-މުޞައްދަރު އަވަށަށް ދިން ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ. އާންމު އުސޫލުގެ ދަށުން، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ އެ ހަމަލާތައް އަމާޒުކުރީ ހަނގުރާމަވެރިންނަށް ކަމ…

މިނިމަމް ވޭޖް މައްސަލާގައި ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް ހުއްޓުމަކަށް އަތުވެއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ޑާކާގެ މިރްޕޫރުގެ އިތުރުން ސަވަރު، އަޝުލިއާ، އަދި ޣާޒީޕޫރު ފަދަ ސިނާއީ މައި ސަރަހައްދުތަކުގައި މި މުޒާހަރާތައް ކުރިއަށްދާތާ މިއަ…

ހުޅަނގު ސަހަރާގައި ހަރަކާތްތެރިވި އދގެ މިޝަން 35 އަހަރަށްފަހު ނިމުމަކަށް

ހުޅަނގު ސަހަރާގެ ސަރަހައްދުގައި 35 އަހަރު ވަންދެން ހަރަކާތްތެރިވަމުން ދިޔަ އެކުވެރި ދައުލަތްތަކުގެ (އދ) ސުލްހަ ބަލަހައްޓާ މިޝަންގެ ދައުރު އައުނުކުރެވި، އެ މިޝަން ނިމުމަކަށް އަތުވެއްޖެއެވެ. އދގެ ސަލާމަތީ މަޖިލީހުގައި މިޝަންގެ މެންޑޭޓު އިތުރުކުރުމަށް އެއްބަސްނުވެވުމުން، ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޝަން އުވައިލުމުގެ މަރުހަލާ ފެށޭނެ ކަމަށާއި، އަސްކަރީ ވަސީލަތްތައް އަނބުރާ ގައުމުތަކަށް ފޮނުވާލެވޭނެ ކަމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވިދާޅުވިއެވެ. ސްޕެއިންގެ އިސްތިއ…

ޔަހޫދީން އަލްޚަލީލަށް އެޅި ހިސާރުގެ އިގްތިސާދީ ގެއްލުން 20 މިލިޔަން ޑޮލަރަށް

ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މުހިންމު ސިޓީއެއް ކަމަށްވާ އަލްޚަލީލް، ޔަހޫދީ ފައުޖުތަކުން ވަށާލައި ހިސާރުކޮށްފައި އޮންނަތާ 10 ދުވަސް ވެފައިވާއިރު، އެ ސިޓީގެ އިގްތިސާދާއި އާންމު ހާލަތު އިތުރު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. ޔަހޫދީންމި ހަރުކަށި ފިޔަވަޅު އަޅާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެންނެވެ. އަލްޚަލީލްގެ މުނިސިޕަލިޓީން ބުނީ، ޔަހޫދީން މި އުދުވާނުގެ ސަބަބުން ފ…

ބައިނަލްއަގްވާމީ ދުނިޔެއިން ޔަހޫދީން ބާކީވެ ގައުމު ވަޅުޖެހިދާނެކަމުގެ އިންޒާރު

ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއާއި، އިގްތިސާދާއި، ދައުލަތުގެ މުއައްސަސާތައް އަލުން އާރާސްތުނުކުރެވޭ ފަދަ ހާލަތަކާ ދިމާއަށް ދަތުރުކުރަމުންދާ ކަމުގެ އިންޒާރު، އެ ގައުމުގެ އަސްކަރިއްޔާގެ ރިޓަޔަރޑް މޭޖަރ ޖެނެރަލް އިޓްޒާކް ބްރިކް ދީފިއެވެ. ޔަހޫދީންގެ ނޫހަކަށް ލިޔުނު މަޒްމޫނެއް، އޭނާ ބުނީ، ބައިނަލްއަގުވާމީ މައިދާނުގައި ޔަހޫދީ ދައުލަތަށް ލިބިފައިވާ މަގުބޫލުކަމާއި ބައިވެރިން މިހާރު ވަނީ ގެއްލިފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން އެކަހެރިވެގެން އޮވެ، ޔަހޫދީ ދައުލަތަށް ދެމިއޮވެވިދާނެ ކަމަށް…

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ) އެވެ. ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް، ގ…

ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް

ހދ. ނޮޅިވަރަމު ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، އެ ސުކޫލުގެ ޖާގައިގެ ދަތިކަމެވެ. މިކަމުގެ ސަބަބުން 600 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު، ފައުންޑޭޝަންއިން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ މި ސުކޫލުގައި މިހާރު ކިޔަވައި ދެމުންދަނީ ދެ ދަންފަޅިއަކަށެވެ. މިއީ، އެރަށުގެ ރައްޔިތުންގެވެސް ބޮޑު ޝަކުވާއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށު ސުކޫލުގެ މަލްޓިޕާޕޯސް ހޯލެއް ތަރައްގީކުރ…

Loading fresh headlines…