ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް މިއަދު ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން ތިން މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނީ، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް ދިން ދެ ހަމަލާއެއްގައި ދެ މީހުން ޝަހީދުވެފައިވާއިރު، އަލް-މުޞައްދަރު އަވަށަށް ދިން ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ.
އާންމު އުސޫލުގެ ދަށުން، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ އެ ހަމަލާތައް އަމާޒުކުރީ ހަނގުރާމަވެރިންނަށް ކަމަށް ބުނާ ބަހަނާ ދައްކައިފައެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން ހިލާފުވަމުންދާ ކަމަށް ބުނެ ޔަހޫދީންގެ ހަމަލާތައް އިތުރުކުރަމުން ދިޔަ ނަމަވެސް، ޙަމާސްއިން ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ފަހު ވެސް ޔަހޫދީންގެ ހަމަލާތަކުގައި 1,580 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ 2 މިލިއަނަށް ވުރެ ގިނަ ރައްޔިތުން އަދިވެސް ދިރިއުޅެމުންދަނީ ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައެވެ.
7 އޮކްޓޫބަރު 2023 ގައި ޔަހޫދީ ދައުލަތުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 74,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ޔަހޫދީންގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 3 މީހުން ޝަހީދުވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed