Live 13,985 stories Updated Nov 3, 2026
Showing: PSM
Browse topics PSM

PSM

Live feed

ޓްރަމްޕްގެ ހަނގުރާމައިގެ އިންޒާރާއެކު ގަލްފުގެ ޤައުމުތަކަށް ނުތަނަވަސްކަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީރާނަށް އަސްކަރީ ހަމަލާތައް ދޭނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، އަރަބި ގަލްފުގެ ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ގޯސްވެއްޖެއެވެ. އީރާނަށް އަނެއްކާވެސް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ގާއިމުވެތިބި އެމެރިކާގެ ސިފައިންނާއި، އެ މީހުން ތިބޭ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ގައުމުތަކަކީ އީރާނުގެ ބަދަލުހިފުމުގެ އަމާޒަކަށް ވެގެންދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ. ބަޙްރައިންގައި ބޭއްވުނު އަހަރީ ސަލާމަތީ ބައްދަލުވު…

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ތޫފާން “މުރާސޫ” އަރައިފި

ބަންގާޅު ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން 'މުރާސޫ' އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އަރައިފިއެވެ. މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އެރި ދެވަނަ ތޫފާނެވެ. މި ތޫފާން އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އެރީ ނޮވެންބަރު 3 ވަނަ ދުވަހު އިންޑިއާ ގަޑިން 3:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގައި ކަމުގައި އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އެ ވަގުތު ވައިޖެހެމުން ދިޔައީ ގަޑިއަކު 100 އާއި 110 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރަށް ވައިގަ…

ޗެމްޕިއަންސް ލީގު ސްކޮޑުން ރޮނާލްޑޯ އުނިކޮށްފި

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އުޒުބަކިސްތާނަށް ސައޫދީ އަރަބިއާގެ އަށް ނަސްރު ކުރާ ދަތުރުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ދޫކޮށްލައިފިއެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނުލައި ޓީމު އުޒުބަކިސްތާނަށް ދިއުމަށް ނިންމުމަށްފަހު އެ ކުލަބުން ބުނީ ރޮނާލްޑޯ އަރާމު ކުރަން ބެހެއްޓީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންވެސްމެ ކަމަށެވެ. ސަބަބަކީ މެދުއިރުމަތީގެ ވައިގެ ދަތުރު ފަތުރަށް ކުރިމަތިވެފައިވާ ނުރައްކާތަކާހުރެ ކަމަށެވެ. މީގެ އެންމެ މުހިންމު އެއް ސަބަބަކީ ޔަމަނުގެ ހޫތީން ސައޫދީ އަރަބިއާގެ …

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ މެޗަކީވެސް ފައިނަލެއް، ޕާކިސްތާނުގެ އަމާޒަކީ ސެމީ ފައިނަލް

ސާފް ޗެމްޕިއަންޝިޕުގައި ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި އިންޑިއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ފައިނަލެއް ކަމަށާއި އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުން ކަމަށް ޕާކިސްތާނުން ބުނެފި އެވެ. ކޯޗު ނޮލްބާޓޯ ސޮލާނޯ މިހެން ބުނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެންމެ ފަހުން ޕާކިސްތާން ކުޅުނު މެޗުތަކާއެކު ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. "ކޮންމެ މެޗަކީ ވެސް ވަރުގަދަ މެޗެއް. އަހަރުމެން މި ތިބީ ޗެލެންޖް ކުރަން ތައްޔާރަށް. އަހަރ…

ސާފް ޗެމްޕިއަންޝިޕް: ތައްޔާރީތަކާމެދު ބަނގްލަދޭޝް ހިތްހަމަނުޖެހޭ

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން އެންމެ ދެ ދުވަހަށްވީއެވެ. ސާކުގެ އެންމެ ބޮޑު މުބާރާތް މިހާ ކައިރިވިއިރު މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު ބަނގްލަދޭޝް އާއި މުބާރާތް އިންތިޒާމްކުރާ ސާކުގެ ފުޓްބޯޅަ ޖަމިއްޔާ ސާފްއާ ދެމެދު ކޯޅުން އިތުރުވެއްޖެއެވެ. ބަނގްލަދޭޝްގެ ލޯކަލް އޮގަނައިޒިން ކޮމިޓީން ބުނަނީ އެ ގައުމުގައި 2003 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވި މުބާރާތަށްވުރެ މި ފަހަރުގެ މުބާރާތުގައި ބޭރަށް ފެންނަންހުރި ތައްޔާރީތައް ހުރިހާ ގޮތަކުން ވެސް ދަށް ކަމަށެވެ. މި ގޮތުން ފާހަގަކޮށްފައިވަނ…

ސާފް ޗެމްޕިއަންޝިޕް: ޑާކާއަށް ދިޔަ ފުރަތަމަ ޓީމަކީ ބޫޓާން

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ބޫޓާންގެ ގައުމީ ޓީމު ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހިނގައްޖެއެވެ. ބޫޓާނަކީ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަށް ޑާކާ އަށް ދާނެ ފަސް ގައުމުގެ ތެރެއިން ދިޔަ އެންމެ ފުރަތަމަ ގައުމެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގައެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި ބޫޓާން ހިމެނެނީ ބަނގްލަދޭޝް ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކ…

ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ އަޅަން ބަޔަކާ ހަވާލުކޮށްފި

ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކޮށްފިއެވެ. މިއިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އުމްރާނީ ބިނާއެވެ. ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ …

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑު މައުންޓްކޮށްފި

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ޞަރަޙައްދުގައި މިއަދު ހެނދުނު 06:00ގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނަބަލުން ސާޖިދާ މުޙައްމަދު ވަޑާއިގެންނެވުމުން މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަނ…

"މިވަންކަންމަތީ ދެމިތިބުމަށް ސިފައިންގެ ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް"

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީސް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައ…

ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި

އާންމުންގެ ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް ލިބިގެންދިޔަ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މައުރަޒު ކުރިއަށްގެންގޮސްފައިވަނީ މުޅި ޖުމްލަ 9 ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ވިޔަފާރިތައް ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މައުރަޒަކީ، އިޤުުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. Pre…

މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗް އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވައިފިއެވެ. މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓ…

"ނަސްރުގެ ދުވަހު ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު"

ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޙަސަން ރަޝީދު މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ޚިޠާބުގައެވެ. 3 ނޮވެމްބަރ 1988 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބުޠާލުންގެ ޒިކުރާ އައު ކުރައްވައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހ…

Loading fresh headlines…