އާންމުންގެ ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް ލިބިގެންދިޔަ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މައުރަޒު ކުރިއަށްގެންގޮސްފައިވަނީ މުޅި ޖުމްލަ 9 ދުވަހުގެ މުއްދަތަށެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ވިޔަފާރިތައް ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މައުރަޒަކީ، އިޤުުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ.

ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި

އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ތެރެއިން

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްދިޔަ މި މައުރަޒަކީ، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެއް މައުރަޒެވެ. މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒު ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި 3 ރެއެއްގެ މަތިން ޒިޔާރަތްކުރައްވައި، ބައިވެރިންގެ އުފެއްދުންތައް ވަރަށް ގާތުން ބައްލަވާލައްވައި ހިތްވަރު ދެއްވާފައެވެ.

މި މައުރަޒުގައި ދިވެހިންގެ ސަގާފީ އަދި އަތްތެރި މަސައްކަތްތަކުގެ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. އެގޮތުން ކަސަބު ބޯވަޅު އެޅި ލިބާހާއި، ކުރަހަނިކަމާއި، ތިލޭރުކަމުގެ މަސައްކަތްތަކުގެ އިތުރުން ލިޔެލާޖެހުން ފަދަ ކާބަފައިންގެ ޒަމާންވީ ހުނަރުތަކުން އުފައްދާފައިވާ ތަކެއްޗާއި، ފަންނުވެރި ކުރެހުންތެރިންގެ މޮޅު އުފެއްދުންތައް މައުރަޒުން ފެނިގެންދިޔައެވެ. މީގެ އިތުރުން ދިވެހި ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުންފުނިތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސްޓޯލްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި
ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް ނިއުސް

މި މައުރަޒުގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ޝައުގުވެރި އެތައް ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މައުރަޒަށް ޒިޔާރަތްކުރި ފަރާތްތަކުގެ މުނިފޫހިފިލުވުމަށް ގިނަ ހަރަކާތްތަކެއް ހިމަނާފައިވާއިރު، ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ ފަދަ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި މައުރަޒުގެ ތެރެއިން އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދީ ބޮޑުބެރު ޗެލެންޖު އަދި ސަޤާފީ ވާދައެވެ. މި މުބާރާތުގެ ސަބަބުން ދިވެހި ސަގާފީ މުނިފޫހިފިލުވުމުގެ ހުނަރުތައް އަދިވެސް ދިވެހިންގެ މެދުގައި ދިރިހުރިކަން ހާމަވެގެންދިޔައެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ފެށުނު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މައުރަޒު ކުރިއަށްދާ ސަރަޙައްދަށް ގިނަ އަދަދެއްގެ އާއިލާތަކާއި ޒުވާނުން ޖަމާވެ، އެކި ސްޓޯލްތަކުގައި ހުރި ދިވެހި އުފެއްދުންތައް ބަލައިލުމުގެ އިތުރުން ތަފާތު ހަރަކާތްތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވެފައިވާކަންވެސް ފާހަަގަކޮށްލެވެއެވެ.

ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި
ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވިގެންދިޔަ ބޮޑުބެރު ޗެލެންޖުގެ ތެރެއިން/ ފޮޓޯ މޯލްޑިވްސް އެކްސްޕޯ

މިއާއެކު، މިހާތަނަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 205،000އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް 41،000އެއްހާ މީހުން ކަމަށް ބީސީސީން ވިދާޅުވިއެވެ. އެހެންކަމުން މިއީ ވިޔަފާރިތަކަށް ފަތުރުރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތްތައް މާކެޓްކުރުމަށާއި، އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބީސީސީން ފާހަގަކުރެއެެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ.