ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ނޫން ހުރިހާ ގައުމެއް ޑާކާގައި
މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ދިވެހިރާއްޖެ ނޫން ހުރިހާ ގައުމެއް ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޖަމާވެއްޖެއެވެ. މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފުރަތަމަ ގައުމަކީ ބޫޓާންއެވެ. މުބާރާތުގެ ތާރީހުގައި އެންމެ ބަލި ގައުމު ޑާކާއަށް ދިޔައީ ހޯމަ ދުވަހު ހެނދުނުއެވެ. 1995 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ސްރީލަންކާ ޓީމު ޑާކާއަށް ދިޔައީ އިއްޔެ ހެނދުނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އާއި މިހާތަނަށް ތަށި ހޯދިފަ…