ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
މި މެޗުން އެސްޓަން ވިލާ ބަލިވުމާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ބާސެލޯނާ އަށް 4 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާޥަލުގެ ދެވަނައިގައި އޮތްއިރު އެސްޓަން ވިލާއަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި 52 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 7 ވަނަ މިނިޓުގައި ބާސެލޯނާގެ ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ.
ބާސެލޯނާއިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެސްޓަން ވިލާއަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޓީ ކޭޝް އާއި ވިކްޓަރ ލިންޑެލޮފްގެ އިތުރުން ޔޯހަން މަންޒަމްބީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައިވަނީ ހިފޭގޮތް ނުވެފައެވެ.
މި މެޗުގައި ބާސެލޯނާއިން ފަރަގު ބޮޑުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 64 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ބާސެލޯނާ އަތުން އެސްޓަން ވިލާ ބަލިވެފައިވާއިރު އެ ޓީމުން އަންނަ ހަފްތާގައި ޕްރިމިއާ ލީގުގައި ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.
ބާސެލޯނާ އަތުން އެސްޓަން ވިލާ ބަލިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed