އީީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް
އީރާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ. އެމެރިކާއިން އިސްނަގައިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް 6 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ވަރުގަދަ ޙަމަލާތަކުގައި، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަން އެމެރިކާގެ އޭބީސީ ނިއުސްއަށް ލިބިފައިވާ ފޮޓޯއާއި ވީޑިއޯތަކުން ހާމަވެއްޖެއެވެ. …