Live 128,371 stories Updated Jun 9, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާނާ އަލުން ހަނގުރާމަކޮށްގެން އިޒްރޭލު އެކަނިވެދާނެ ކަމަށް ނަތަންޔާހޫ ގާތު ބުނިން: ޓްރަމްޕް

އިޒްރޭލުން އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފަށައި ހަމަނުޖެހުން އިތުރަށް ދެން ބޮޑުކޮށްފި ނަމަ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިޒްރޭލު އެކަނިވެދާނެ ކަމުގެ އިންޒާރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިއްޔެ ދީފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ވޯޓު ނަގައި ތިން ވަޒީރުން ވަކިކުރަން އެމްޑީޕީގެ ތެރެއިން ޕްރެޝަރު ކުރި: އިބޫ

މިދިޔަ ސަރުކާރުގައި ވެރިކަމުގެ ނިޒާމު، ބަރުލަމާނީ އަށް ބަދަލުކުރުމަށާއި ތިން މިނިސްޓަރަކު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ އެތެރެއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލާ ދެކޮޅު އޮޕަރޭޝަން ހުއްޓާލައިފިން، މި ތިބީ އަދިވެސް މަޝްވަރާގައި: އީރާން

އިޒްރޭލުން ލުބްނާންގެ ވެރިތަށް ބައިރޫތުގެ ދެކުނު ސަރަހައްދަށް ދިން ހަަމަލާގެ ރައްދުގައި އީރާނުން އިޒްރޭލަށް އަމާޒުކޮށް ދެމުން ދިޔަ މިސައިލް ހަމަލާތައް މި ވަގުތުން ހުއްޓާލާފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.

ކޮމިޓީގެ ބަހެއް ނެތި ވޯޓުފޮށިތަކެއް ބަހައްޓާތީ މީކާއިލްގެ ކަންބޮޑުވުން

އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ ހުކުރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ކަމަށް އެެ ޕާޓީގެ އިންިތހާބާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް، ވަކި ހަތަރު ރަށެއްގައި ހަރުގޭގައި ވޯޓުފޮށި ބަހައްޓަން އުޅޭތީ، ކެންޑިޑޭޓް މީކާއީލް އަހުަމަދު ނަސީމް ޝަކުވާ ހުށަހ…

ފަހު ވަގުތު ވެސްލީއަށް އަނިޔާވެ، ބްރެޒިލްގެ ސްކޮޑަށް ބަދަލެއް

ވޯލްޑް ކަޕްގައި ކޯޗު ކާލޯ އަންޗެލޮޓީ، ބްރެޒިލްގެ ކަނާތު ބެކެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް ބެލެވުނު 22 އަހަރުގެ ވެސްލީ ފްރާންޝާ އަށް އަނިޔާ ވުމާ ގުޅިގެން މިޑްފީލްޑަރު އެޑަސަން އަށް ސްކޮޑުން ފުރުސަތު ދީފި އެވެ.

މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ސީރިއަސް އަނިޔާތަކެއްވެ، ފަރުވާދެނީ

ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަފިހިހުރަަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިފި އެވެ.

Loading fresh headlines…