މާޒިޔާގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ
ހަމްޒާ މުހައްމަދު (ހަމްޕު) ހަތް އަހަރަށް ފަހު އެ ކްލަބް ދޫކޮށް އަންނަ ސީޒަނުގައި
ވިކްޓްރީ އަށް ކުޅެން ސޮއިކޮށްފި އެވެ.
ހަމްޕު މިއަދު ސޯޝަލް މީޑިއާގައި ކުރި
ޕޯސްޓެއްގައި ވަނީ ވިކްޓްރީ އަށް ކުޅެން ނިންމިކަން އިއުލާންކޮށްފަ އެވެ.
"މިއީ އަހަރެންގެ ފުޓްބޯޅަ
ކަރިއަރުގެ ތިން ވަނަ ކްލަބް. މި އާ ފެށުމާއެކު ލިބުނު ފުރުސަތަށް ޝުކުރުވެރިވަން.
ވިކްޓްރީއާ އެކު އިތުރު ކާމިޔާބީތަކެއް ހޯދައި، ޓީމަށް ކޮށްދެވުނު އެންމެ
ރަނގަޅަކަށް މަސައްކަތްކޮށްދިނުމަށް އުންމީދުކުރަން،"
ހަމްޕު މިވަގުތު އަންނަނީ ދާދި ފަހުން
ކުރި ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ރިހެބިލިޓޭޝަން ހަދަމުންނެވެ. އެހެންވެ އޭނާ
އަށް އާ ސީޒަނުގެ ކުރީކޮޅު ނުކުޅެވޭނެ އެވެ.
މާޒިޔާއާ 2019 ވަނަ އަހަރު ގުޅުނު ހަމްޕު
ވަނީ އެ ޓީމުން މިދިޔަ އަހަރުތަކުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ބޮޑު ހިއްސާއެއްވެފަ
އެވެ. ބ. އޭދަފުށްޓަށް އުފަން ހަމްޕު ވިދާލީ 2014 ވަނަ އަހަރުގެ ނިއު
ރޭޑިއަންޓުންނެވެ. އޭނާ ވަނީ އެ ޓީމަށް ފަސް އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް
ހޯދައިފަ އެވެ.
އަންނަ ސީޒަނަށް ހަމްޕު ގެންދަން ނިއު
އިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އެ މަސައްކަތުގައި ކާމިޔާބު މި ހޯދީ ވާދަވެރި
ވިކްޓްރީންނެވެ.