Live 359,164 stories Updated Sep 8, 2026
Browse topics All stories

Latest stories

Live feed

ރައީސް ޔާމީންގެ އެއްބާރުލުމެއް ނުލިބޭ، ޗިޓާއި ހަވާލުނުވި: ފުލުހުން

އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ، ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ. ފުލުހުން އާއްމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސަރުކާރު…

ޔާމީންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބުނު، ޗިޓާ ހަވާލުވާން އުޒުރުވެރިވި!

ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކުގެ ސަބަބުން ފުލުހުންގެ އިދާރާއާ ގުޅިގެން ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލުވާލުމަށް ސާބިތުނުހިފޭ ވާހަކަ ނުފެތުރުމަށް …

ގްރީން ބިލްޑިންގް ގައި ރޯވުމާ ގުޅޭ މައުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ: ވަކީލު

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ފަރާތުން ފުލުހުންނަށް އަންގައިފިއެވެ.

ބާ ޖަމާލުއްދީންގައި ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް ހުއްޓާލަން އަންގައިފި

ޖަމާލުއްދީން ސްކޫލް ކުރިން ހިންގި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށަށް

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 264 އަށް އަރާފައެވެ. ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް …

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިހުގެ 2 އަދި 3 ވަނަ ދުވަހު…

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކެއް، ސަމާލުވޭ!

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

Loading fresh headlines…