Live 359,164 stories Updated Sep 8, 2026
Browse topics All stories

Latest stories

Live feed

ރީރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތައް އަންނަ މަހުގެ 27 ގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފި އެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދާ އެކު 18 އަހަރުވީ ހުސްކަމަށް އަންނަ މަހު ނިމުން އަންނާނެ: އުއްތަމަ ފަނޑިޔާރު

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަންނަ މަހު އަމަލުކުރަން ފެށުމާ އެކު، 18 އަހަރުވެފައި އޮތް ބޮޑު ހުސް ކަމަކަށް ނިމުން އަންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދުއަށް މަސައްކަތެއް ނުކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުސާރަ ދޭތާ 4 މަސް ވެފައިވާކަން ހާމަވެއްޖެ އެވެ.

ހުޅަނގު އައްސޭރީގެ ގެއަކަށް ބޮންއަޅާ، ފަލަސްޠީނު ޒުވާނަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި، ވަޒަންވެރިންގެ ޢުދުވާންތައް ވަރުގަދަކޮށް، ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ. އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުން އޮންނަ އަޤްރަބާ އަވަށަށް އަންގާރަ ދުވަހުގެ ފަތިހު ޔަހޫދީ ސިފައިން ވަދެގަނެ، ޢާއިލާއެއް ދިރިއުޅެމުންދިޔަ ގެއެއ…

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި އެވެ.

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ވަޞީލަތްތައް މަދުކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނާއެކު އޮތް ހަމަނުޖެހުންތައް ޙައްލުކޮށް، ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، މެދުއިރުމަތީގައި ދާއިމީކޮށް ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ ވަޞީލަތްތައް މަދުކުރުމާ ގުޅޭގޮތުން ނުރަސްމީ މަޝްވަރާތަކެއް ފަށައިފިއެވެ. …

Loading fresh headlines…