2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށް އެ ޕާާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެންމެ ބޮޑު އެއް ޕާޓީ ކަމަށާއި، ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ތައާރަފްކޮށް އެމަސައްކަތް ރާއްޖޭގައި ހިންގުމުގައި ކުރެވުނު ގިނަ މަސައްކަތްތައް ކުރި ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އޭޭގެ ފަހުން އަލުން އަނބުރާ އެމްޑީޕީގެ މިސްރާބު ހޯދުމަށް ދުވަސްކޮޅެއް ނެގި ކަމަށެވެ.

" ދެން އަޅުގަނޑަށް އިރާދަ ކުރައްވައިގެން ޕާޓީއަށް އާދެވި. އަދި ޕާޓީގެ ޗެއާޕާސްން ކަންމަށް ކުރިމަތިލެވި. ޕާޓިގެ މެމްބަރުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަޅުގަނޑު އަނެއްކާ ވެސް ޕާޓީ ހިންގުމާ ހަވާލު ވުމަށް ރުހިގެން މަސަކަތް ހިންގެމުން މި ގެންދަނީ. އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު މި ޕާޓީގެ ވެރިކަމެއް އުފެދޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސަކަތް ކުރުން އެއީކީ އަޅުގަނޑުގެ ހިތުގަ އެއްވެސް ޝައްކު ކަމެއް ހިނގާ ކަމެއް ނޫން. 2028 ވަނަ އަހަރު ދިވެހި ރާއްޖޭގެ އޮންނަ ރިޔާސީ އިންތިހާބުގަ އެމްޑީޕީ އަށް ވަރަށް ވަރަށް ބޮޑު ކާމިޔާބީ އެއް ލިބިގެންދާނެ"

ކުރީގެ ރައީސް މުހައްމަދު ނަޝިދު

އެމްޑީޕީއަށް ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަގުބޫލުކަން ނެތް މިންވަރު މިހާރު ވެސް ފެނިގެންދާ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބޮޑު އަގުލަބިއްޔަތެއް އޮތް ނަމަވެސް، އެ އަގުލަބިއްޔަތު ސަރުކާރަށް ހިފެހެއްޓިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މި ސަރުކާރު މިހާރު އޮތީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށާއި، މިހާރު މި ސަރުކާރު ބައިބައިވަމުންދާ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓިތަކުން އެކަތި ގަނޑަކަށްވެ ތިބެވޭކަން އެއީ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ.