Live 359,101 stories Updated Sep 15, 2026
Browse topics All stories

Latest stories

Live feed

ހަމަލާގެ ނުރައްކަލެއް މައްކާ ސަރަހައްދަކަށް މިހާރު ނެތް: ސައޫދީ ސިވިލް ޑިފެންސް

ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ އިތުރުން ޖިއްދާ އަދި ތާއިފަށް "ވައިގެ މަގުން ހަމަލާއެއް ދީފާނެ" ކަމުގެ ނުރައްކާ މިހާރު ފިލާފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސުން ބުނެފި އެވެ.

މައްކާގައި ތިބި އުމްރާވެރިންގެ ހާލު ރަނގަޅު

މައްކާގައި ތިބި އުމްރާވެރިންގެ ހާލު ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، މައްކާގެ މުޤައްދަސް ބިމަށާއި ޖިއްދާ…

ރައީސް އަރިހަށް އެސްއެފްޑީގެ ސީއީއޯ

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއ…

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ހުރި އިސްލާމީ އާސާރުތަށް އަޅާނުލެވި ދޫކޮށްލެވިފައި!

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތަކީ ދިވެހި އުންމަތުގެ ހަޔާތުގައި ވަރަށް މުހިންމު އަދި ފަޚުރުވެރި މަރުޙަލާއެކެވެ. މި މުނާސަބާ ފާހަގަކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ގިނަގުނަ ކުލަގަދަ ހަރަކާތްތަކެއް ރާވައި ހިންގަމުން ގެންދެ އެވެ. ނަމަވެސް، މިފަދަ ބޮ…

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ދުއްވަން އިން އުޅަނދުން ޖެހުމުން، މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބ…

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅު ބޭނުންކުރަމުންދިޔަ މައްސަލައިގައި އިއްޔެއާއި މިއަދުގެ ތެރޭގައި ޖުމްލަ 11 އުޅަނދަކަށް ފިޔަވަޅު އަޅައި، މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

އިލާންގެ އަނިޔާ ސީރިއަސް ނުވިޔަސް، މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޒުވާން ތަރި މުހައްމަދު އިލާން އިމްރާންގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ނުވިޔަސް މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާންޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ. އިލާންގެ ކަކުލަށް އަނިޔާވީ ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ…

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރަސްމީ ރިޒާވް ދަށަށް ދިއުމާ ގުޅިގެން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ބާޒާރު ހަމައަކަށް އެޅުވުމުގެ ގޮތުން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަން ފަށާނީ އަންނަމަހު

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026"ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ބަލައިގަންނަން ފަށާނީ އަންނަމަހުކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަޢުރަޒު އޮންނާނީ އޮކްޓޯބަރު މަހުގެ 23 އިން 31 އަށެވެ. މި މައުރަޒަށް ހުށަހަޅާ އުފެއްދ…

Loading fresh headlines…