ސަން ކުންފުނީގެ މައްސަލަ އިސްތިއުނާފް ނުކުރީ ކުށް ސާބިތު ނުކުރެވޭނެތީ: ޕީޖީ
ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ނުކުރީ އެ ހުކުމް ބަދަލު ކުރެވޭނެ ސަބަބެއް ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.