24 Sep 2026, 13:49

ފަންނިއްޔާތުން ދުނިޔެއަށް ގެނައި އެންމެ ބޮޑު ބަދަލަކީ އޭއައި ގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭ އެކިއެކި މަސައްކަތްތަކެވެ. އޭގެ ތެރެއިން ވެސް އަޅުގަނޑަށް ފާހަގަވާ އެއް މަސައްކަތަކީ އޭއައި ބޭނުންކޮށްގެން އުފައްދައިފައިވާ ލަވަތަކެވެ. އޭއައިގެ އަމިއްލަ މިއުޒިކެވެ. އަޑު ވެސް އޭއައިއެވެ. އަންހެން އަޑާއި ފިރިހެން އަޑު ވެސް އޭއައިއެވެ.

މި ފަހަރު އަޅުގަނޑު އެ ލަވައަކާ އަޅައިގަނެ، އެއިން މިންޖުނުވެވިގެން އުޅޭ ލަވައަކީ "ތެރާ ސާތު ހޭ ތޯ" މި ލަވައެވެ. މި ލަވައިގެ އަސްލު ލަވައަކީ 1981ގައި ނުކުމެފައިވާ ހިންދީ ފިލްމު "ޕިޔާސާ ސާވަން" އަށް ލަތާ މަންގޭޝްކަރު ކިޔައިދީފައިވާ ލަވައެކެވެ. މި ލަވައިގެ ޅެން ހައްދަވައިފައި ވަނީ، ސަންތޯޝް އާނަންދު އެވެ. އަޅުގަނޑުގެ ތަރުޖަމާ ވިދާޅުވާ އިރު، މި ލަވަ އަޑު އައްސަވައިލެއްވުމަށް އަންނަނިވި ލިންކަށް ވަދެވަޑައިގަންނަވާށެވެ.
އަޅުގަނޑު މި ފަހަރު ކިޔުންތެރީންނަށް ހުށަހަޅައި ދޭނީ އޭއައި އިން އުފައްދައިފައިވާ މި ދެންނެވި ލަވައިގެ ދިވެހި ތަރުޖަމާއެވެ. ލަވައިގެ ހިންދީ ބައި ވެސް ތާނައަކުރުން ލިޔެފައި ވާނެއެވެ. އެއީ ކިޔުންތެރީންނަށް މާނަ ދެނެގަތުމަށް ފަސޭހައަކަށެވެ.


އަލަށް ދިވެހި ލަވައާއި ޅެން ހައްދަވާ ބޭފުޅުން މި ލަވައިގެ ޚިޔާލުތައް ބޭނުންކުރައްވައިގެން އަމިއްލަ ލަވައެއް ނުވަތަ ޅެމެއް ހެއްދެވޭތޯ ބައްލަވައިލައްވާށެވެ.