Live 356,529 stories Updated Dec 14, 2025
Browse topics All stories

Latest stories

Live feed

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

މަސްވެރިންގެ އިހުތިޖާޖު މެދުކަނޑާ ނުލާނެ ކަމަށާއި މަސްވެރިންގެ އަޑު ނީވޭ ނަމަ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އިސްތިއުފާ ދެއްވުމަށް މަސްވެރިން ގޮވާލައިފި އެވެ.

"އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގުރާމް، ރ. ދުވާފަރުގައި އިފްތިތާހުކޮށްފި

ކަރަންޓު ހަރަދު ކުޑަކުރަން އިންސްޓޯލްމެންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "އިރުން ހަކަތަ: ދުވާފަރު ހޯމް ސޮލާ" ޕްރޮގުރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިއު.އެސް.ސީ އިން އިފްތިތާހުކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ބައެއް ކަންކަން ލަސްވެފައިވާ ކަމަށާއި ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްވެރިކަމާ ބެހޭ ގޮތުން ވެފައިވާ ބައެއް ވައުދު ފުއްދުން ލަސްވެފައިވާ ކަމަށާއި، ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި 49 ދޯނީގައި ބޮޑުކަންނެލި މަސްވެރިން ކުރަމުންދާ ސުލްހަވެރި މުޒާހަރާއަށް ބީރު ކަންފަތެއް ދީ، ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގެން މަދު އަދަދެއްގެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި…

Loading fresh headlines…