މެދުއިރުމަތީގެ ހަނގުރާމަ: ހާއްސަ ކޮމިޓީއެއް ރައީސް އެކުލަވާލައްވައިފި
އިޒްރޭލާއި އެމެރިކާ އިން އިސްވެ އިރާނަށް އިއްޔެ ދޭން ފެށި ހަމަލަތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި ހާއްސަ ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.