މެދުއިރުމަތީގައި ކުރިޔަށްގެންދާ ހަމަލާތައް ހުއްޓާލާ ސުލްހަވާން ރާއްޖެއިން ގޮވާލައިފި
މެދުއިރުމަތީގައި މި ވަގުތު ހަމަލަ ދެމުން އަންނަ ހުރިހާ ގައުމަކުން ދޭ ހަމަލަތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށާއި، ވަގުތުން ސުލްހަ ގާއިމްކުރަން މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވައިލައިފިއެވެ.