Live 343,763 stories Updated Jan 7, 2026
Browse topics All stories

Latest stories

Live feed

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުގައި އެހެން މަޤްސަދެއް ހިމެނޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެސްއެމްއީތައް ކުރިއަރުވައި، ފަންނުވެރި އިޤްތިޞާދަކަށް ބީސީސީން މުހިއްމު މަސައްކަތްތަކެއް!

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހިނގާ އަހަރާއި ކުރިއަށްހުރި އަހަރުތަކަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ވިދާޅުވެއްޖެއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގް…

ސިޓީގެ ފަހަތް ފޫ ވެއްޓިއްޖެ، ގަވަޑިއޯލަށް ފަހު ޑިއާސް ކުޅުމަށް ދުރަށް

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަމަށް ވާދަ ކުރަމުންދާ މެންޗެސްޓާ ސިޓީ އަށް ޑިފެންޑަރުންގެ މައްސަލަ ބޮޑުވެއްޖެ އެވެ. ސަބަބަށްވީ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ޖަސްކޯ ގަވަޑިއޯލް އާއި ރުބެން ޑިއާސް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމެވެ. މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވީ ޗެލްސީއާ ދެކޮޅަށް ކ…

އަމޮރިމް، ގޮތްދޫނުކުރީތަ؟ ވަކިކުރީ ކީއްވެ؟

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑްގެ މައިނޯރިޓީ އޯނަރު އަދި ކުލަބު ހިންގަމުން އަންނަ އިސް ވެރިޔާ ޖިމް ރަޓްކްލިފޭ ކުލަބުގެ އިސް މަގާމުތަކުގައި ތިބި މީހުން އެއްކޮށްފައި ސުވާލު ކުރީ ޔުނައިޓެޑްގެ ކުޅުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުންނެވެ. އެ ބައްދަލުވުމަށްފަހު މާގިނަ ދުވަހެއް ނުވެ ކޯޗު…

ސުޕަކަޕް ތައްޓަކީ އިތުރު ހިތްވަރަކަށްވާނެ: ފްލިކް

ސްޕެނިޝް ސުޕަކަޕް ތަށި ދިފާއު ކުރެވުމަކީ ސީޒަނުގައި އިތުރު ކާމިޔާބު ހޯދަން ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. އޭނާ މިހެން ބުނީ ސުޕަކަޕް ސެމީ ފައިނަލުގައި މިރޭ ސައޫދީ އަރަބިއާގައި އެތްލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. "ޖަރުމަނާ އަޅާ ބަލާއި…

ޗެމްޕިއަނުން ހިފަހައްޓާލާ ދިއްފުށި ޕޮއިންޓެއް ހޯދިއިރު އިސްދޫއިން ގަން ބަލިކޮށްފި

ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި އެންމެ ފަހުގެ ޗެމްޕިއަނުން ކާށިދޫ ހިފަހައްޓާލާ ދިއްފުށިން ޕޮއިންޓެއް ހޯދައިފިއެވެ. ކ.އަތޮޅުގެ ގްރޫޕް އޭގައި ކާށިދޫ އާއި ދިއްފުށި ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުން އެއްވަރުވެގެންނެވެ. މިމެޗުގައި ކާށިދޫގެ ލަނޑުތައް ޖަހައިދިނީ އަކްމަލް މުހައްމަދު އާއި …

ފޮރެސްޓް އަތުންވެސް ވެސްޓް ހޭމް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ވެސްޓްހޭމް ޔުނައިޓެޑް ބަލިވެއްޖެ އެވެ. ރެލިގޭޝަން ޒޯނުގައި މިވަގުތު އޮތް ވެސްޓްހޭމް ޔުނައިޓެޑް އަށް 21 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ. އަދި ފޮރ…

ދެ އިންތިޚާބު އެއްކޮށްލާތީ ކުރީގެ ނައިބު ރައީސް ފައިސަލްގެ ފާޑުކިޔުން ސަރުކާރަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނުއަސާސީއަށް އެތައް ބަދަލެއް ގެންނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ބާރުތައް ގެންނަންކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ރަސްމާލޭގެ 64 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން "ސައިޓް އޭ" އިން 64 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.

Loading fresh headlines…