މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި، މުހިންމު މާކެޓްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިޢުލާންކޮށްފި އެވެ.

މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ދުރާލާ ތައްޔާރުވުމަށް ވިޒިޓް މޯލްޑިވްސްއިން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތް ހިމާޔަތްކޮށް ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށާއި، މި ބަދަލުތަކާ ގުޅިގެން ސިނާޢަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މި މަސައްކަތްތަކުގެ ތެރެއިން، ބައިނަލްއަގުވާމީ މާކެޓްތަކުގެ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، މާކެޓްތައް ސިންދަފާތުކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބާކީ އޮތް މުއްދަތުގެ ތެރޭގައި، މުހިންމު މާކެޓްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައުރަޒުތަކުގެ ލިސްޓެއް އާންމުކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

2026ގެ ކުރިއަށް ހުރި ބައިނަލްއަގުވާމީ މައުރަޒުތައް:

  • އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ (AITF) – ބާކޫ، އަޒަރުބައިޖާން: 3 - 5 އެޕްރީލް 2026

  • ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް: ހަނޯއީ، ވިއެޓްނާމް – 9 - 12 އެޕްރީލް 2026
  • ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއަރ (KITF): އަލްމަޓީ، ކަޒަކިސްތާން – 22 - 24 އެޕްރީލް 2026
  • އައި.ޓީ.ބީ ޗައިނާ – ޝަންހާއީ، ޗައިނާ: 26 - 28 މެއި 2026
  • ތައިލެންޑް ޑައިވް އެކްސްޕޯ – ބެންކޮކް، ތައިލެންޑް: 21 - 24 މެއި 2026
  • ޓްރެވަލް މީޓް އޭޝިއާ – ޖަކާޓާ، އިންޑޮނޭޝިއާ: 23 - 24 ޖޫން 2026
  • ބެއިޖިންގ އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ – ބެއިޖިންގ، ޗައިނާ: 27 - 29 ޖޫން 2026
  • އައި.އެލް.ޓީ.އެމް އޭޝިއާ – ސިންގަޕޯރ: 29 ޖޫން - 2 ޖުލައި 2026
  • ޓީ.ޓީ.އެފް ކޮލްކަޓާ – ކޮލްކަޓާ، އިންޑިއާ: 9 - 11 ޖުލައި 2026
  • އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓް: ބެންގަލޫރު، އިންޑިއާ: 23 - 25 ޖުލައި 2026
  • ޓީ.ޓީ.އެފް މުމްބާއީ – މުމްބާއީ، އިންޑިއާ: 20 - 22 އޯގަސްޓް 2026
  • ޕާޓާ (PATA) ޓްރެވަލް މާޓް – ބެންކޮކް، ތައިލެންޑް: 26 - 28 އޯގަސްޓް 2026
  • އައި.ޓީ.އީ ހޯޗީމިން ސިޓީ – ހޯޗީމިން ސިޓީ، ވިއެޓްނާމް: 27 - 29 އޯގަސްޓް 2026
  • އައި.ޓީ.ބީ އިންޑިއާ – މުމްބާއީ، އިންޑިއާ: 1 - 3 ސެޕްޓެމްބަރު 2026
  • ބީ.އެލް.ޓީ.އެމް އިންޑިއާ – ނިއުދިއްލީ، އިންޑިއާ: 2 - 4 ސެޕްޓެމްބަރު 2026
  • އޭޝިއަން ޓޫރިޒަމް ފެއަރ – ޑާކާ، ބަންގްލަދޭޝް: 17 - 19 ސެޕްޓެމްބަރު 2026
  • އިސްތަންބޫލް ޓޫރިޒަމް ފެއަރ: އިސްތަންބޫލް، ތުރުކީ – 24 - 25 ސެޕްޓެމްބަރު 2026
  • ކޮޓަމް (COTTM) ޗައިނާ – ބެއިޖިންގ، ޗައިނާ: 14 - 16 އޮކްޓޫބަރު 2026
  • ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް: ރިމިނީ، އިޓަލީ – 14 - 16 އޮކްޓޫބަރު 2026
  • އައި.ޓީ.ބީ އޭޝިއާ – ސިންގަޕޫރު: 18 - 20 އޮކްޓޫބަރު 2026
  • ބަންގްލަދޭޝް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ – ޑާކާ، ބަންގްލަދޭޝް: 29 - 31 އޮކްޓޫބަރު 2026
  • އައި.ޓީ.ބީ އެމެރިކާ – ގުއަޑަލަހާރާ، މެކްސިކޯ: 10 - 12 ނޮވެމްބަރު 2026
  • ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ތަޝްކަން، އުޒްބެކިސްތާން: 26 - 28 ނޮވެމްބަރު 2026

ވިޒިޓް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރާނީ ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާޢަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށް ވަނީ ބުނެފައެވެ.