Live 343,035 stories Updated Jan 27, 2026
Browse topics All stories

Latest stories

Live feed

ތޫނުފިލި ކުދިން ކިޔެވުންމަތިން ފޫހިނުވާނެ އުނގެނުމުގެ ނިޒާމެއް ގާއިމްކުރަން ޖެހޭ: ހައި ކޯޓު

އާދަޔާހިލާފަށް ތޫނުފިލި ކުދިން ކިޔެވުންމަތިން ފޫހިކޮށްނުލައި، ކުއްޖާގެ ތޫނުފިލިކަމާ އެކަށީގެންވާ ގޮންޖެހުންތައް ކުރިމަތިކުރުވަނިވި އުނގެނުމުގެ ނިޒާމެއްގެ ތެރެއިން ތައުލީމް ހާސިލްކުރަން މަގުފަހިކޮށްދޭން ޖެހޭ ކަމަށް ހައި ކޯޓުން ބުނެފި އެވެ.

ރާއްޖެއާއި އިންޑިއާގެ ރައްޔިތުންގެ މަންފާއަށް ކުރާ މަސައްކަތް ކުރިއަށްގެންދާނަން: މޯދީ

ރާއްޖެއާއި އިންޑިއާ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. ނަރެންދްރަ މޯދީ މިފަދައިން ވިދާޅުވީ، އިންޑިޔާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީ…

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ހުޅުމާލޭ ގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލް ގެ ދަރިވަރުންގެ 77 އިން ސައްތަ އަކީ ރާއްޖޭގެ އަތޮޅުތައް ތަމްސީލު ކުރާ ދަރިވަރުންކަން ފަޚުރުވެރިކަމާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު ފާހަގަ ކުރައްވައިފި އެވެ.

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަން ރާއްޖެ އިން އޮސްޓްރޭލިއާ އަށް ގޮވާލައިފި އެވެ.

ފަތިސްނަމާދުން ދުވަސް ފެށުމަށް، ރައީސްގެ އިލްތިމާސް ދަރިވަރުންނަށް

މާލެއާއި އަތޮޅުތެރޭގައި ތަޢުލީމީ ނިޒާމުގެ ކަންކަން އެއްފެންވަރެއްގައި ބެހެއްޓުމަށާއި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަންކަން ބައްޓަން ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުޅުމާލޭގެ ފޭސް 2 ގައި…

ޝަހީދު އަލީ ސްކޫލް ދަރިވަރުންގެ އަދަދު 2،000 އިން މައްޗަށް، 77 ޕަސެންޓަކީ އަތޮޅުތަކުގެ ދަރިވަރުން

ދިރާސީ އާ އަހަރާ އެކު މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލުން 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ އަތޮޅުތަކުން އައިސް ތިބި ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…