އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، މ. ފަތަޙަ، ޙުސެއިން ފަހުމީ ވަނީ މިއަދުން ފެށިގެން އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމުގައި މީގެ ދުވަސްތަކެއް ކުރިން ހުންނެވި ފަހުމީ އެމްޑަބްލިޔުއެސްސީގެ އެމްޑީ އަކަށް އައްޔަނު ކުރައްވާފައި މި ވަނީ އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެތި އަބްދުލް މަތީން މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.