Live 342,995 stories Updated Jan 27, 2026
Browse topics All stories

Latest stories

Live feed

ބޯޓުތަކަށް ނޯތު ހާބަރުން ޖާގަ ލިބުން ދަތިވާތީ ޓީ-ޖެޓީން ޖާގަ ހަމަޖައްސަނީ

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރާތީ ނޯތު ހާބަރުން ބޯޓުތަކަށް ޖާގަ ލިބުމުން ދަތިވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ޓީ-ޖެޓީން ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެސްއެސްސީގައި ގުރުއާން މާއްދާ ހިމަނައި އަންނަ އަހަރު އިމްތިހާން ބާއްވަނީ

އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނަށް ގުރުއާން މާއްދާ ކިޔަވައިދޭން ފަށައި އަންނަ އަހަރުން ފެށިގެން އެ އިމްތިހާން ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، "ބްލޫ ލެގޫން"ގެ ބިންގާ އަޅައިފި

އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބްލޫ ލެގޫންގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލޭގައި މާދަމާ "ރޯދަ ބާޒާރު" ފަށަނީ

މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި "ރޯދަ ބާޒާރު" ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޙަމާސްގެ މުޖާހިދުންނަށް މަޢާފު ދިނުމުގެ ފުރުޞަތު ބޮޑު

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންގެ ތެރެއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވާ މުޖާހިދުންނަށް މަޢާފު ދިނުމުގެ ފުރުޞަތު އޮތް ކަމުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު މި ކަން ހާމަކޮށްފައި މި ވަ…

މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ގައުމީ ފުޓްސަލް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 22:15އާއި 22:45އާ ދެމެދުގެ ވަގުތެއްގައި އާޓިފިޝަލް ބީޗާ ދިމާ ބޭރުން ހަވ…

ރާއްޖެއާއި އިންޑިއާގެ ރައްޔިތުންގެ މަންފާއަށް ކުރާ މަސައްކަތް ކުރިއަށްގެންދާނަން: މޯދީ

ރާއްޖެއާއި އިންޑިއާ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު ޢަލީ ސްކޫލު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަ…

Loading fresh headlines…