Live 342,980 stories Updated Jan 27, 2026
Browse topics All stories

Latest stories

Live feed

ސަރުކާރާ ދެކޮޅު ކައުންސިލަރުން ހޮވައިފިނަމަ، ހުރިހާ ރައްޔިތުންނަށް އެކަމުގެ ގެއްލުންވާނެ: ސާޖިދާ

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކައުންސިލަރުން ހޮވައިފި ނަމަ، ހުރިހާ ރައްޔިތުންނަށް އެކަމުގެ ގެއްލުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި އިރު ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ސްކޫލްތަކަށް ފޮތްތައް ހަމަ ނުވާ ކަން ހާމަ ވެއްޖެ އެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވަމުން އަންނަ ގައުމެއް: ހަލީލް

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ބިނާވެފައިވާ ތާރީހީ، ވަރުގަދަ ޒަމާންވީ ގުޅުމެއް ކަމަށާއި އިންޑިއާ އިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އައު ރަޖިސްޓްރީއެއް

ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އައު ރަޖިސްޓްރީއެއް ހަދައިދީ، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް އެގްރީމަންޓުގައި ސޮއި ކުރުމަށް އަނެއްކާވެސް އިތުރު ފުރުޞަތެއް ދީފިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު އ…

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

ސިޔާސީ މަންފާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ބޯޓުތަކަށް ނޯތު ހާބަރުން ޖާގަ ލިބުން ދަތިވާތީ ޓީ-ޖެޓީން ޖާގަ ހަމަޖައްސަނީ

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރާތީ ނޯތު ހާބަރުން ބޯޓުތަކަށް ޖާގަ ލިބުމުން ދަތިވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ޓީ-ޖެޓީން ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެސްއެސްސީގައި ގުރުއާން މާއްދާ ހިމަނައި އަންނަ އަހަރު އިމްތިހާން ބާއްވަނީ

އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނަށް ގުރުއާން މާއްދާ ކިޔަވައިދޭން ފަށައި އަންނަ އަހަރުން ފެށިގެން އެ އިމްތިހާން ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…