ބައެއް މިނިސްޓްރީތަކަށް ބަދަލު ގެނެސް ކެބިނެޓް މިރޭ އަލުން އެކުލަވާލައިފި އެވެ.

ކެބިނެޓުގެ 10 ވަޒީރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިހާރު ރައީސް އޮފީހުގައި ވަނީ ފަށައިފަ އެވެ. ކެބިނެޓް އަލުން އެކުލަވާލީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމަށް ފަހު އެވެ. 

މި ރަސްމިއްޔާތުގައި ވަޒީރުންނަށް އައްޔަން ކުރެއްވި ބޭފުޅުން 

  1. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  2. ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން 
  3. ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް 
  4. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  5. އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  6. އިސްލާމިކް އެފެއާޒަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  7. ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  8. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  9. އިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް 
  10. ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
  11. އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
  12. ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު