Live 342,567 stories Updated Feb 13, 2026
Browse topics All stories

Latest stories

Live feed

ޗެމްޕިއަންކަން ދިފާއުކުރަން ވަރަށް މަސައްކަތް ކުރާނަން: ރައުފާ

ކުރިޔަށް އޮތްތަނުގައި ވެސް ޗެމްޕިއަންކަން ދިފާއުކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށް 13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލްގެ ރައުފާ މުހައްމަދު ހާފިޒު ބުނެފިއެވެ. ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ރައުފާ ބުނީ މިއީ އަދި ފެށުމެއް ކަމަށެ…

"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ ކަމަށާއި އެހެންނޫން ނަމަ މާލެ ސަލާމަތް ނުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބީއެމްއެލް އިން ބިލިއާޑް މުބާރާތަށް މާ ބޮޑަށް ތައްޔާރުވާނެ

ރަނަރަޕްކަން ލިބުނު ނަމަވެސް ދެން އަންނަ އަހަރަކަށް މިއަށްވުރެ ރަނގަޅަށް ބީއެމްއެލްއިން މަސައްކަތް ކުރާނެ ކަމަށް 13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ރަނަރަޕް ޓީމު، ޔުނައިޑެޓް ބީއެމްއެމްއިން ބުނެފިއެވެ. މާލެ ޕޫލް ބިލިއާޑް ހޯލުގައި ފެބުރުއަރީ 3-10 ގެ ނިޔަލަށް ކުރިޔަށްދިޔަ މުބާރާތުގެ ޓީމު އިވެ…

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން، ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމުގައި ވިޔަސް، އެކަމުގެ އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުމާއި ދޮގު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަން ސީއާރްސީގެ އަމާޒަކީ ގަވާއިދުން ފަރިތަކުުރުން

13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ލިބުނުނަމަވެސް މުބާރާތުގައި އުނދަގޫތަކާއި ކުރިމަތިވި ކަމަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އިން ބުނެފިއެވެ. ޗެމްޕިއަންކަން ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައިސީއާރްސީން ބުނީ އަންނަ …

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ބިނާކުރުމަށް ބަޖެޓު ހަމަޖައްސާފައިވާ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއަށް، ސަރުކާރު ބަދަލުވި ފަހުން ވީގޮތެއް ސާފުނުވާ ކަމަށް އެ ރަށު ކައުންސިލް މެމްބަރު މޫމިނާ ސޯލިހް ވިދާޅުވެއްޖެ އެވެ.

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: އެމްޑީ ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއްކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ "ވެލާނާ އެވޯޑްސް" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. …

ޖަރުމަނުވިލާތަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ވާ…

ބްރެންޓްފޯޑް އިން އާސެނަލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. ބްރެންޓްފޯޑް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެ…

ބާސެލޯނާ އަތުން އެތްލެޓިކޯ އަށް ފަސޭހަ މޮޅެއް

ސްޕެއިންގެ ކޮޕާ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އިން ކާމިޔާބުކޮށްފި އެވެ. މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި އެތްލެޓިކޯ މެޑްރ…

އަވަހާރަވި ޚާލިދާގެ ބީއެންޕީން ބަންގްލާދޭޝްގެ އިންތިހާބު ކާމިޔާބުކޮށްފި

ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބު، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ.

ޕީއެންސީ އަށް ކައުންސިލްތައް ދީފި ނަމަ ކައުންސިލު އުވާލުން ނޫން ކަމެއް ނުކުރާނެ: ޣަފޫރު

ވެރިކަން ކުރާ ޕީއެންސީ އަށް ކައުންސިލުތަކުގެ ގޮނޑިތައް ދީފި ނަމަ ކައުންސިލުތައް އުވާލުން ނޫން ކަމެއް ނުކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…