އޮޅުވާލައިގެން ހުޅުމާލެއިން ގޯތި ހޯދަން އުޅުނު މައްސަލާގައި 12 މީހަކަށް ދައުވާކުރަނީ
ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަނޫން ލިޔެކިޔުން ހަދައިގެން ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ( ޕީޖީ) އިން ބުނެފިއެވެ.