Live 341,665 stories Updated Mar 3, 2026
Browse topics All stories

Latest stories

Live feed

އީރާނުގެ ވަގުތީ ކައުންސިލް ބައްދަލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުވީކަން ކަށަވަރުވުމާ ގުޅިގެން އީރާނުގެ ޤާނޫނު އަސާސީގެ ދަށުން އެކުލަވާލި ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަވައިފިއެވެ. ވަގުތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، އުއްތަމަ ފަނޑިޔާރު ޣުލާމް ޙު…

އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނު އަންގަވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ސަރަހައްދުގެ ގައުމުތަކުގައިވާ އެމެރިކާގެ ތަންތަނަށާއި އުޅަނދުތަކަށް ހަމަލާދެމުން ދާއިރު މިއަދު އޮމާންގެ މަސްކަޓް ބޭރުން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއް މީހަކު މަރުވެއްޖެ އެވެ.

މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު

މި ހިނގާ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ ކަމަށާއި، މަޖިލިސް އޮތީ ހިސޯރުކޮށް، ވާނުވާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހާއްސަ ކެޓަގަރީގެ ފްލެޓުގެ ޝަރުތު އިސްލާހުކޮށް އާންމުކޮށްފި

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި ހިމެނޭ ހާއްސަ ކެޓަގަރީތަކަށް ފްލެޓަށް ކުރިމަތިލެވޭ ޝަރުތުތައް އިސްލާހުކުރުމާ އެކު ކޮންމެ ކެޓަގަރިއަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުގެ އަދަދު އާންމުކޮށްފި އެވެ.

Loading fresh headlines…