ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެދިފައިވާ ގޮތަށް އިނގިރޭސީވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި އެވެ. 

ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ
ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފަ އެވެ. އިނގިރޭސީ ވިލާތުން މިކަމުގެ މަޝްވަރާތައް ފުރަތަމަ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. 

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ
Raajje.mv

ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ

އެގޮތުން ދިވެހިރާއްޖެ އާއި އީޔޫއާ ދެމެދު 23 ނޮވެމްބަރު 2020 ގައި ބޭއްވި ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރުގައި ދިވެހި ކަނޑުމަހުގެ ބާވަތްތައް އީޔޫއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ވަނީ މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އީޔޫގެ ސަފީރުން ވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje.mv

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އޭގެ ކުރިން ރައީސް ސޯލިހުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ 18 ނޮވެމްބަރު 2020 ގައި ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަން އާއި ވަރޗުއަލްކޮށް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. 

މީގެ އިތުރުން ކުރީ ސަރުކާރުގައި އިނގިރޭސީވިލާތާއެކު ފްރީ ޓްރޭޑް އެގްރީމެންޓް ހަދަން މަޝްވަރާ ފަށައި، މީގެ ތެރެއިން ރާއްޖޭގެ މަހަށް ހަމައަގު ހޯދައިދީ ޑިއުޓީ ކަނޑާލަން ސަރުކާރުން މަޝްވަރާކޮށްފައިވެ އެވެ. 

ކުރީ ސަރުކާރުން މި މަސައްކަތުގައި 4 އަހަރު މަސައްކަތް ކޮށް މަހުގެ ޑިއުޓީއާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް އިނގިރޭސީ ސަރުކާރާއެކު ކޮށްފައިވެ އެވެ. 

ނަމަވެސް އިނގިރޭސީވިލާތާއި މާބޮޑު ގުޅުމެއް ނެތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކޮށްފަ އެވެ. ވަކިން ބޮޑަށް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއްގެ ގޮތުގައި ދެއްކުމަށް އެމަނިކުފާނު ދަނީ މަސައްކަތް ކުރައްވަމުންނެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ، 2026 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އުނިކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔަކަށް ވުމުގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ މުހިންމު ނިންމުމެއް ކަމަށެވެ. މި ބަދަލާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ބާޒާރުގައި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މި ތާރީޚީ ނިންމުމުން ދައްކުވައިދެނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރުން، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމަށް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް މި ސަރުކާރުން އިނގިރޭސީވިލާތާއެކު ކުރީ ސަރުކާރުން ކުރިއަށްގެންދަން އުޅުނު ފްރީ ޓްރޭޑް އެގްރީމެންޓަށް މާބޮޑު އަހަންމިއްޔަތުކަމެއް ދީފައި ނުވާއިރު، މި ސަރުކާރާއި އިނގިރޭސީ ސަރުކާރާއި ދެމެދު މާބޮޑު ގުޅުމެއް އުފެދިފައި ނުވެ އެވެ. މީގެ އިތުރުން މަސްވެރިންނަށް މި ސަރުކާރުން ވި ވައުދުތައް ނުފުއްދާތީ މަސްވެރިން އަންނަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ.