Live 341,551 stories Updated Mar 6, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ހައުސްގައިވެސް ހުރަސް އަޅައިފި

އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ހުށަހެޅި ޤަރާރު ނާކާމިޔާބު ކޮށްލައިފިއެވެ. މާރިޗު 5ވަނަ ދުވަހު ހައުސްގައި ނެގި ވޯޓާއެކު، ހައުސްއިން ވެސް މި ވަނީ ހަވަނަ ދުވަހަކަށް …

އީރާނަށް ދެވަނަ ބަލި، އޮސްޓްރޭލިއާއަށް ދެވަނަ މޮޅު

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ވެސް އީރާން ބަލިވިއިރު، އޮސްޓްރޭލިއާއިން ދެވަނަ މޮޅު ހޯދައިފިއެވެ. މުބާރާތުގައި މި ދެ ޓީމުގެ ދެވަނަ މެޗަކަށްވީ މި ދެ ޓީމުގެ ކުރިމަތިލުމަކަށެވެ. އޮސްޓްރޭލިއާގައި ކުޅުނު މި މެޗުން އެ ޤައުމު މޮޅުވީ 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުން…

ބާސެލޯނާގެ އިންތިހާބު: ޝަރުތު ހަމަވީ ފޮންޓާއި ލަޕޯޓާ އެކަނި

ކުރިއަށް އޮތް ބާސެލޯނާގެ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އާއި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓް ކަމަށް ނިންމައިފި އެވެ. ބާސެލޯނާގެ އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިހާބުގައި ވާދަ ކުރުމަށް ކޮންމެ ކެނޑިޑޭޓަކު ވެސް މަދުވެގެން 2337 ތާއީދު ފޯމު ހުށަހ…

83 އަހަރުގެ ސަވާބު އެންމެ ރެއަކުން ހޯދުމަށް ފަހު 10 އަކަށް ތައްޔާރުވޭ!

ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް ކަމަށާއި އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކ…

ހަނގުރާމައިގެ ފުރަތަމަ 100 ގަޑިއިރަށް އެމެރިކާއިން 3.7 ބިލިއަން ޑޮލަރު ހޭދަވި: ރިޕޯޓް

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ 100 ގަޑިއިރަށް 3.7 ބިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 891.4 މިލިއަން ޑޮލަރު އެމެރިކާއިން ހޭދަކޮށްފައިވާނެ ކަމަށް އެމެރިކާގެ ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ލަފާކޮށްފި އެވެ.

ޕެލަސް އަތުންވެސް ބަލިވެ ޓޮޓެންހަމްއަށް އިތުރު ހާސްކަން

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ވެސް ބަލިވެ، ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ފަސް މެޗުން ބަލިވެ އިތުރު ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ޓޮޓްނަމް ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ޓޮޓްނަމް އި…

ހަނގުރާމައިގެ ސަބަބުން އިރާގަށް ވޯލްޑް ކަޕް ނުކުޅެވިދާނެ

އެމެރިކާއިން އިރާނާއި އިޒްރޭލަށް ދެމުންދާ ގެންދާ ހަމަލާތަކުގެ ސަބަބުން ވޯލްޑް ކަޕް ޕްލޭއޯފްގައި ބައިވެރި ނުވެވިދާނެ ކަމަށް އިރާގު ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ. ޖޫން މަހު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޕްލޭއޯފްގެ ފައިނަލަށް އިރާގު ވަނީ ހޮވިފަ އެވެ. ބައްދަލު ކުރަން ޖެހޭނީ ބޮލ…

ލަނޫސް އަތުން ބޮކަ ޖޫނިއާސް އަށް ފަސޭހަ މޮޅެއް

އާޖެންޓީނާ ލީގުގައި ލަނޫސް އަތުން ބޮކަ ޖޫނިއާސް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. ލަނޫސްގެ ދަނޑުގައި ކުޅުނު މި މެޗުން ބޮކަ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޮކަ އިން ވަނީ ދެ ލަނޑު ޖަހާފައެވެ . މެޗު ފަށައިގެން 15 ވަނަ މިނެޓުގެ ތެރޭގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކ…

Loading fresh headlines…