ކިއު ކުޑަކުރުމަށް ވީއައިއޭގެ ޓާމިނަލް 2 އަށް 10 އެއާލައިނެއް ބަދަލުކުރަނީ
ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، 25 އޮކްޓޫބަރު 2026 އިން ފެށިގެން ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފިއެވެ.