Live 341,388 stories Updated Mar 11, 2026
Browse topics All stories

Latest stories

Live feed

ޒަޚަމްވެފައިވާ އެމެރިކާ ސިފައިންގެ އަދަދު 150އަށް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި، އެމެރިކާ ސިފައިންގެ 150 ވަރަކަށް މީހުން ޒަޚަމުވެފައިވާ ކަމުގައި، އެމެރިކާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. މިއީ، ފެބުރުވަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ، އީރާނާ ދެކޮޅަށް ފ…

ހޮރްމުޒް ކަނޑޯޅިއަށް މައިނު އަޅަން އީރާނުން ބޭނުންކުރާ 16 ބޯޓު ގޮއްވާލައިފިން: އެމެރިކާ

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ހޮރްމުޒް ކަނޑޯޅި ބަންދުކޮށް ތެލުގެ ސަޕްލައިއަށް ތާށިކޮށްފައި ވާއިރު އުޅަނދުތަކަށް ހަމަލާދޭން މައިނު އެޅުމުގެ މަސައްކަތް ވެސް ކުރާ ކަމަށް ބުނެ އެމެރިކާއިން އީރާނުގެ 16 ބޯޓެއް ގޮއްވާލައިފި އެވެ.

ރާއްޖޭގެ ތަރައްގީގެ ފިލްމު މިހާރު އޮތީ ވަރަށް ރީތި ހިސާބެއްގައި

ރާއްޖޭގެ ތަރައްގީގެ ކުރިމަގަށް ނަޒަރު ހިންގަވާ ދިރާސާ ކުރައްވާ ބޭފުޅުން ސިންގަޕޫރު އެއީ މިސާލެއްގެ ގޮތުގައި އަދި އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ގައުމުތަކުގެ މިންގަނޑަށް ވާސިލްވުމަށް ސިންގަޕޫރު ކުރި ދަތުރުގެ ފިލާވަޅުތައް އަޅުގަނޑުމެން ބަލައިގަންނާން ވާނެ ކަމުގައި ވިދާޅުވެ އެވެ. އެ ލަނޑުދަނޑި އެ ގައު…

839 ބިލިއަން ޑޮލަރު؛ މިހާތަނަށް އެންމެ މުއްސަނދި މީހާގެ ރެކޯޑް މަސްކަށް

މިހާތަނަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހަކީ ޓެސްލާ އައި ސްޕޭސްއެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ކަމަށާއި މިހާރު އޭނާގެ މިލްކިއްޔާތުގައި 839 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ފޯބްސް އިން ބުނެފި އެވެ.

އީރާނުން އިޒްރޭލުގެ ސެކިއުރިޓީ ކެމެރާތައް ހެކްކުރަނީ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ފަހުން އިޒްރޭލުގެ ބައެއް ސެކިއުރިޓީ ކެމެރާތައް އީރާނުން ހެކްކޮށް ޖާސޫސްކުރުމުގެ ގޮތުން ބޭނުންކުރަމުން އަންނަކަން ދެނެގަނެވިފައިވާ ކަމަށް އިޒްރޭލުގެ ސައިބަ ސެކިއުރިޓީ ޑައިރެކްޓަރޭޓުން ބުނެފި އެވެ.

އަންހެން ކުޅުންތެރިން "ފިލުމުން" އިރާނުން ވޯލްޑް ކަޕަށް ނުދާނެކަމުގެ އިޝާރާތެއް

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އަންހެނުންގެ އޭޝިއަން ކަޕްގައި ވާދަކުރި އިރާން ޓީމުގެ ކުޅުންތެރިންތަކެއް ފިލައިގެން ސިޔާސީ ހިމާޔަތް ހޯދުމާ ގުޅިގެން، މިއަހަރު ވޯލްޑް ކަޕްގައި އެ ގައުމުން ބައިވެރިނުވެދާނެ ކަމުގެ އިޝާރާތެއް ޓްބޯޅަ ފެޑެރޭޝަނުން ދީފިއެވެ.

Loading fresh headlines…