ފްލެޓް ޕްރޮޖެކްޓަށް ވިލިމާލެ އިން ކަނޑާނީ ވީހާ ވެސް މަދު ގަހެއް: މިނިސްޓަރު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވިލިމާލޭގައި އިމާރާތްކުރާ ފްލެޓްތައް އަޅަން ކަނޑައެޅި ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ކަނޑާނީ ވީހާ ވެސް މަދު ގަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.