ހިޔާ އެޕާޓްމެންޓުގައި އަލިފާން ރޯވެ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވި މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާކަމަށެވެ. އަދި ގޭތެރޭގައި ދުމުގެ އަސ…