Live 340,528 stories Updated Mar 30, 2026
Browse topics All stories

Latest stories

Live feed

ޓޫރިޒަމް ދާއިރާ އަށް އެހީތެރިވުމުގައި ދެމިތިބޭނަން: ބީއެމްއެލް

ޓޫރިޒަމް ދާއިރާ އަށް މާލީ ގޮންޖެހުން ކުރިމަތިވެފައިވާ މި އުނަދަގޫ ދަނޑިވަޅުގައި އެ ދާއިރާ އަށް އެހީތެރިިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ސީއޭއެފްގެ ޖެނެރަލް ސެކްރެޓަރީ އިސްތިއުފާ ދީފި

އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް)ގެ ޖެނެރަލް ސެކްރެޓަރީ ވެރޮން މޮސެންގޯ އޮމްބާ މަގާމުން އިސްތިއުފާ ދީފި އެވެ. މޮސެންގޯ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ ރިޓަޔާ ކުރަން ނިންމުމަށްފަހު މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. ނަމަވެސް މޮސެ…

ޓާސްޓެގަން ޖަރުމަނު ޓީމުން ޖާގަ ލިބުން ދުރު: ކޯޗު

ޖަރުމަނުގެ ގައުމީ ކީޕަރު މާކް އަންދަރޭ ޓާސްޓެގަން އަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅޭ ޖަރުމަނު ޓީމުން ޖާގަ ލިބުން ވަރަށް ދުރުވެއްޖެ ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ. އުމުރުން 33 އަހަރުގެ ކީޕަރުގެ ފުރުސަތު ހަނިވީ އަނިޔާގެ ސަބަބުންނެވެ. މި އަނިޔާތަކުގެ ސަބަބުން އޭނާ މިދިޔަ ދޮޅު އަހަ…

ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތްވާން ތިންވަނަ ކޯޗެއް ހޯދަނީ

ލަންޑަން (މާޗު 30) - އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓް ވެދާނެ ކަމުގެ ބިރު ހީވެފައިވާ އެންމެ ފަހުގެ ޔޫއެފާ ޔޫރޮޕާ ލީގު ޗެމްޕިއަން ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުން ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، 47، އިސްތިއުފާ ދީފި އެވެ.

އެންމެ ބޭނުމީ ތެޔޮ، އީރާންގެ ޚަރްޖު ހިފައި އެކަން ކުރެވިދާނެ: ޓްރަމްޕު

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުމަށް އެ ގައުމުން ހަބެއްގެ ގޮތުގައި ބޭނުންކުރާ ރަށް ކަމަށްވާ ޚަރްޖު ހިފައި އީރާނުގެ ތެޔޮ ނެގިދާނެ ކަމަށާއި އެއީ އުނދަގޫ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

"ޕްރޮޖެކްޓް ހެއިލް މޭރީ" ބޮކްސް އޮފީހުގައި ކާމިޔާބު

ސައިންސް ފިކްޝަން ވާހަކަ ލިޔުންތެރިޔާ އެންޑީ ވެއާގެ މަޝްހޫރު ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ޕްރޮޖެކްޓް ހެއިލް މޭރީ" ރިލީޒްކުރިތާ އެންމެ ދެ ހަފުތާގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

Loading fresh headlines…