Live 352,830 stories Updated Jun 26, 2026
Browse topics All stories

Latest stories

Live feed

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އުސްގެކޮޅަށް ގެއްލުންދިން މައްސަލަ ބަލަނީ

އުސްގެކޮޅަށް ގެއްލުންދޭން މަސައްކަތްކުރި މައްސަލަ ބަލަމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކ…

ވެނަޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ވެނަޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެނަޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުން ބުނަނީ ބޭރުގެ ތަނެއް މެދުވެރިކޮށް ކޯހެއް ނުހިންގާ ކަމަށް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގެ ފަހުން ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތައް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފިޔަވަޅުއެޅީ އިތުބާރު ގެއްލުވާލަން ކަމަށް އެވިޑް ކޮލެޖުން ތުހުމަތުކޮށްފި އެވެ.

ފީފާ ވޯލްޑްކަޕް ގްރޫޕް ޑީ: ތުރުކީ – އެމެރިކާ / ޕެރަގުއޭ – އޮސްޓްރޭލިއާ

އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީ ގައި މިރޭ އެމެރިކާ އާއި ތުރުކީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއި ޕެރަގުއޭ އެވެ. މުބާރާތް ބާއްވާ އެމެރިކާ އިން ތުރުކީ އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމު ވަނީ މިހާތަނަށް ކުޅުނު …

"ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤުވެސް މުހިންމު"

ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤު ހިފެހެއްޓުން މުހިންމު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާނޫނީ ވަކީލުން ހުވާކުރުމަށް ވިލާ ކޮލެޖް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުވައްކިލަށް ނުވަތަ ޚިދުމަތަށް އެދޭ …

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމުގައިވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

އެމްކިއުއޭގެ ތުހުމަތުތަކަކީ އިތުބާރު ގެއްލުވާލަން ކުރި ކަމެއް: އެވިޑް ކޮލެޖް

ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރާ ތުހުމަތުތަކަކީ، އެވިޑް ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ގެއްލުވާލުމަށް އިޚްލާސްތެރިކަމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

Loading fresh headlines…