Live 352,497 stories Updated Jul 1, 2026
Browse topics All stories

Latest stories

Live feed

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ފިލްމު އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޖޫންމަހު ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުންނެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕ…

ހަތަރު މަސް ފަހުން އެމިރޭޓްސްއިން ރާއްޖެއަށް، ދަތުރުތައް ފަށައިފި

ހަތަރު މަސްދުވަހަށްފަހު އެމިރޭޓްސްއިން ރާއްޖެއަށް ޝެޑިއުލްޑް ދަތުރުތައް އަލުން ފަށައިފިއެވެ. އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލާފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެމިރޭޓްސްއިން ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ލަންކާއަށްވެސް ޝެޑިއުލް ދަތުރުތައް ކުރުމަށް ފަށާފައެވ…

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ފަށަނީ

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢިދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާއި ބަލާ ޕޯޓު މައްސަލައެއް ހައްލެއް ގެނައުމަށ…

ސެޕްޓެމްބަރު މަހު ފިލްމު އެވޯޑު ބޭއްވުމަށް ތައްޔާރުވަނީ

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު ފެއަރ އެވޯޑު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގައި އެންމެ ފަހުން ފިލްމު އެވޯޑެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެ…

ކޮންމެ މަރުހަލާއެއްގައި ވާރިސުންނާ ސުވާލުުކުރުމަކީ ދެވޭ އިތުރު އަނިޔާއެއް: ހައި ކޯޓު

ގަސްތު މަރުގެ މައްސަލަތަކުގެ އިސްތިއުނާފީ ކޮންމެ މަރުހަލާއެއްގައި ވާރިސުން ކޯޓަށް ހާޒިރުކޮށް ގާތިލް ކިބައިން މަރަށް މަރު ހިފަން ބޭނުންތޯ އަދި ގާތިލަށް މާފުދޭން ބޭނުންތޯ ސުވާލު ކުރުމަކީ އިހްސާންތެރިކަމާއި އަދުލުވެރިކަމާ ދުރު އިޖުރާއަތެއް ކަމަށް ހައި ކޯޓުން ބުނެފި އެވެ.

Loading fresh headlines…