ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި މައްސަލައާ ބެހޭ ގޮތުން އަންގާރަ ދުވަހު އޮތް ކެބިނެޓް ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމުގަ އެވެ.

އެގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރުމަށް ކެބިނެޓުން ވަނީ ނިންމާފަ އެވެ.