ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އަންގާރަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމުގައި މި މައްސަލަ އާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި، ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، އެކަމަށް ޙައްލެއް ހޯއްދެވުމަށްވެސް އެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
އެހެން ނަމަވެސް މިކަން ހައްލުކުރަން އަޅަން ނިންމި ފިޔަވަޅެއް ހާމަކޮށްފަ އެއް ނުވެ އެވެ.