Live 3,171 stories Updated Dec 17, 2025
Showing: VNEWS
Browse topics VNEWS

VNEWS

Live feed

މުއްދަތު ހަމަނުވާ ވޯކް ވީޒާ އޮތްނަމަވެސް ރާއްޖެ ވަދެވޭނީ އީ ވިޒާ އޮވެގެން :އިމިގްރޭޝަން

ވޯކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވީޒާއެއް އޮތް ނަމަވެސް، ވޯކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެން ލިބޭނީ މުއްދަތު ހަމަނުވާ އީ ވީޒާއެއް އޮތް ބިދޭސީންނަށް އެކަނި ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފި އެވެ.

އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރާނެ ނަންބަރުތަކެއް ރައީސް ހަމަޖައްސައިފި

ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައްޔިތުން އެދެނީ ރައްކާތެރިކަން، އެކަން ކަށަވަރުކުރަން ތިބީ ފުލުހުން: އިހުސާން

ފުލުހުންގެ ތަމްރީނަށްފަހު ޚިދުމަތާއި ގުޅޭ އޮފިސަރުން ވެސް އެންމެ އިސްކަމެއް ދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 38،000 މުވައްޒަފުން، 12 ކުންފުންޏެއް ގެއްލުމުގައި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 38000އެއްހާ މުވައްޒަފުން ތިބިއިރު އޭގެތެރެއިން 12 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއަރޓާގައި 280 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިނގިރޭޓު ވައްކަން: ދިހަ މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފި

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Loading fresh headlines…