ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް، އައިޖީއެމްއެޗުން ބުނެފިއެވެ.

ފ. ފީއަލީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ހާދިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްއިން ބުނީ، އެ މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށާއި އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ. އެއީ 39 އަހަރުގެ ފިރެހެކެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 ހާއިރުއެވެ. މި ހާދިސާގައި މިފްކޯގެ އައިސްޕްލާންޓާއި 3 ބޯޓެއް ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.