Live 6,019 stories Updated Jan 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސްވީއިރު ވެސް، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ކަންބޮޑުވުމާއި ޝަކުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ދިގުދެމިގެންދާ ކޮންމެ ދުވަހަކީ، މަތީ ތައުލީމު ހާސިލް ކުރުމަށް ރަށުން ބޭރަށް ދާން މަޖުބޫރުވާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް: ވެލިދޫ ކައުންސިލްގެ ނައިބު ރައީސް

އެމްޑީޕީ ސަރުކާރުން ނ. ވެލިދޫ ގައި ތަރައްގީ ކުރަން ފެށި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ހުއްޓިފައި އޮތުމަކީ އެރަށުން ގްރޭޑް 10 ނިންމާފައި މަތީ ތައުލީމު ހާސިލް ކުރުމަށް، ރަށުން ބޭރަށް ދާން މަޖުބޫރުވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދ…

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރަކަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފި އެވެ.

ރޯދަ އާ ދިމާކޮށް ނޯތު ހާބަރު ބަންދުކުރީ އޮޑިވެރިންނާ ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް، އޮޑިވެރިންގެ ކަންބޮޑުވުން ބަންޑުން ކޮށްލައިފި!

މާލޭ ނޯތު ހާބަރު މި ސަރުކާރުން ބަންދު ކޮށްފައިވަނީ އޮޑިވެރިންނާ އެތައް ފަހަރެއްގެ މަތިން ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް ކަމަށާ ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށް ވާއިރު އޮޑިވެރިންނަށް މި ސަރުކާރުން އިންތިހާ އަށް ތަކުލީފު ޖައްސާފައިވާ ތީ އޮޑިވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި…

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު އިތުރުފުޅު ހައްދަވައިފި އެވެ.

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް ދާނެ ބަޔަކު ނުވާނެ ކަން ސަރުކާރަށް ޔަގީން ވުމުން، އެ ޖަލްސާ އަށް ވެސް މީހުން ހަމަކުރީ އާދައިގެ މަތިން ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަނ…

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލާޝިޕްގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑްތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ނ. ވެލިދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަކުދިންގެ ޕާކު ހުސް ބިމެއްގެ ގޮތުގައި އެއްވެސް ކުޅޭ ސާމާނެއް ނެތި ހުރީ އެ ތަކެތި އަދި ނާންނާތީ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ.

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ވިއްކަމުންދާ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

ކޯޓުގެ ސަރވާ ހަލާކުވެފައިވާތީ ޝަރީއަތް ހިންގަން ދަތި ކަމަށް ބުނެ, ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.

Loading fresh headlines…