Live 6,019 stories Updated May 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއްގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފި އެވެ.

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

މިހާރު ކުރަން ޖެހޭ ކަންކަމާއި، އަދާކުރަން ޖެހޭ މަސްއީލިއްޔަތު ވަރަށް ސާފު ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަން ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ، އެމްޑީޕީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، ޕާޓީގެ ހަމަޖެހުން ގާއިމްކުރުމަށްފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް

ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި، އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށް އެދި ކުރީގެ ތިން ރައީސުން ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

ރައީސް އޮފީހުގައި ހިނގާ ހުރިހާކަމެއް ހާމަވާންޖެހޭ ކަމަށާއި އެކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިއްބާވެނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މެސެންޖަރ މެދުވެރިކޮށް ގުޅުން އުފައްދައިގެން ސްކޭމް ހިންގި މޫސާ އިތުރު 10 މީހަކު ސްކޭމްގައި ޖައްސައި ފައިސާ ހޯދި

ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހުންނާ ގުޅުން އުފައްދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މޫސާ މުހައްމަދުގެ އެކައުންޓަށް، އިތުރު 10 މީހެއްގެ އަތުން ވެސް ސްކޭމްގެ ތެރެއިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

ފަތުރުވެރިކަމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިވެދާނެތީ ސަރުކާރުގެ އެހީއަށް ޖަމިއްޔާ ޖަމާއަތްތަކުން އެދުނު ނަމަވެސް، އެ އަދަދާއި ގުޅުވައިގެން ސީދާ އެހީތެރިކަމެއް ދިނުމަށް ވިސްނާފައި ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތައް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން ހުއްޓިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން އެއްބަސްވެފައި އޮތްނަމަވެސް، އެ މަސައްކަތް ކުރިއަށްދާކަމަށް މި ސަރުކާރުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

އަދަދު" އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލާފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން ދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

Loading fresh headlines…