Live 6,005 stories Updated Oct 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ

މީހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

ކުރާނީ ކީއްހެއްޔެވެ. ހަނދާން ނުކުރާން އުޅުނަސް ހަމަ ހަނދާން ވަނީ އެވެ. ނުވިސްނާން އުޅުނުސް އެކަމާމެދު ވިސްނަންނެސް ވިސްނަނީ އެވެ. ކުރީގެ ހައުސިން މިނިސްޓަރު ވިދާޅު ގޮތައް އެހަނދާން ނައްތާލެވޭތޯ އުޅެއުޅެވެސް ނުވި އެވެ.

އިޤްތިސާދީ ހާލަތަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް

ޤައުމުގެ އިޤްތިސާދީ ޙާލަތަށް ބެލުމެއް ނެތި، ދައުލަތުގެ ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ގޮތަށް ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ކުރައްވަނީ އިސްލާމީ ވެރިކަމެއް ނޫން ކަމަށާއި އެއީ ވަރަށް ސެކިއުލަރ ވެރިކަމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ ކަމަށާއި، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

ރަސްމާލެ މަޝްރޫއަކީ ބޮޑު "ސްކޭމެއް" ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ދައުލަތުން ބަދަލު ދޭންޖެހިއްޖެ ހާލަތެއްގައި އެ އަދަދު ބިލިއަނަކާ ގާތްކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވި ދަތިތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލަ ބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނެގުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތެއް އަދި ސަރުކާރަށް ނެރެވުނު ނަތީޖާއެއް ނެތް އިރު، މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ އަދި އިނާޔަތްތައް ބޮޑުކުރަން ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނަ ކަމަށާއި، ދައުލަތް ބޮޑުތަނުން ދަރާފައިވާ ދަނޑިވަޅެއްގައި މިފަދަ ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ…

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

ރާސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައަކީ، މާޒީގައި ވޯރާ ވިޔަފާރިވެރިން ރާއްޖެ ކޮންޓްރޯލްކޮށް ދައުލަތުގެ ކަންކަން ހިންގި ބީދައިން، އަންނަން އޮތް ޖީލުތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މ…

ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި

ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

Loading fresh headlines…