ރައީސުލްޖުމްހޫރިއްޔާ
ޑރ މުހައްމަދު މުއިއްޒު މިއަދު ކުރައްވަނީ އިސްލާމީ ވެރިކަމެއް ނޫން ކަމަށާއި އެއީ
ވަރަށް ސެކިއުލަރ ވެރިކަމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ
ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، ރައީސް
މުއިއްޒު ސެކިއުލަރ ވެރިކަމެއްގެ ތަސައްވުރު ގެންގުޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި
މިއަދު ނަމެއްގައި އަވައްތަކުގައި ބައްދަލުވުން ބޭއްވުމަކުން ނުފުދޭނެ ކަމަށާއި، ރައްޔިތުން
އުޅޭ ހާލުވެސް ރައީސް މުއިއްޒު ރަނގަޅަށް އޮޅުންފިލުއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ ދީދީ ވިދާޅުވީ
ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށާއި ރައީސް މުއިއްޒު ކޮންމެ ދުވަހަކު
މާރސިޑީޒް ބެންޒް ކާރުކޮޅުގައި އޮފީހުން ގެކޮޅަށް ވަޑައިގެންނެވުމުން ރައްޔިތުން އުޅޭ
ހާލު ސާފެއް ނުވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ރައްޔިތުންނާ ގާތުން ބައްދަލުވެ
އެބޭފުޅުން އުޅޭ ހާލު ދެނެގަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެ
މަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ
ދިވެހިންވެސް ފާޅުގައި ދެކޮޅު ހަދަމުން ދާ މަޝްރޫއެއް ކަމަށެވެ. އެކަމުގެ ސަބަބަކީ
އެއީ ޤާނޫނުއަސާސީއާ ޚިލާފަށް އެކުލަވާލާފައިވާ އެއްބަސްވުމަކަށް ވާތީ ކަމަށް އޭނާ
ވިދާޅުވި އެވެ.

ރަސްމާލޭ
މަޝްރޫއާ ގުޅޭގޮތުން ހާމަކަންބޮޑު ގޮތެއްގައި ސަރުކާރުން ކަންކަން
ކުރަންޖެހޭކަންވެސް އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.